ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ރާގު ކުއްލިއަކަށް ބަދަލުވެ، "ވީހާލެއްގައި ވާން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް ބަދަލުވެ ވަޑައިގެންފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ބޭރުކުރުމަށް ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތްކުރައްވަމުން ގެންދެވި ހުސެއިންގެ ރާގު ކުއްލިއަކަށް ބަދަލުވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
ރައީސް ނަޝީދާ ގާތްގުޅުމެއް ބާއްވަމުން އަންނަ ހުސެއިން ރޭ 1:04ގައި ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑު އަބަދުވެސް މި ހުރިީ ވީހާލެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކުގައި ވާން،" ކަމަށެވެ. އިތުރު އެއްޗެއް އޭނާ ވިދާޅެއްނުވެ އެވެ.
ހުސެއިންގެ އެ ޓުވީޓާއެކު ބައެއް މީހުން ބުނެފައި ވަނީ ރައީސް ނަޝީދު ހަލާކުކޮށްލުމުގައި އެންމެ އަރިހުގައި، މާ ގާތް، އިޚުލާސްތެރި މީހަކަށް ވެގެން އުޅުނަސް ހަގީގަތް އެނގޭ ކަމަށެވެ.
"ކުރާނީ އަނިޔާ، ކުރާނީ ޖެއްސުން، ދެނީ ލަނޑު. މުނާފިގުން ވާނީ މުނާފިގުންނަށް،" މޫމިން ހަލީލް ކިޔާ މީހަކު ހުސެއިންއާ ދިމާލަށް ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މަގާމުން ވަކިކުރަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައި، ފެއްޓެވި މަސައްކަތާ ގުޅިގެން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ވަނީ ދެބައިވެ، ބޮޑު ކޯޅުމެއް އުފެދިފަ އެވެ.
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
		
			ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުހަކަށް ފިޔަވަޅު އަޅަނީ
		
								
								
					
					
					
					
					
					
					
					
					
					
ތިޔަ ބުނާ މަސައްކަތެއް އިސްވެ ފެއްޓެވީ ވެސް އަނދުން ހުސެން އާއި އާޒިމް، ލަފާކުރެވެނީ ރައީސް ސޯލިހުގެ ދުރުވިސް ނުމުން ނަޝީދު އަށް ރާވައިގެން ލަނޑެއް ދިނީ ކަމަށް.