އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ރަމަޟާން މަހު ރޯދަ ހިފައި، އަދި ކީރިތި ގުރުއާން ވެސް ކިޔަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހުގެ ތަހުނިޔާ ދިވެހިންނަށް ފޮނުއްވަވަމުން ކެރޮން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރަމަޟާން މަހު ރޯދަ ހިފައި ގުރުއާނން ކިޔެވުމުގައި މުސްލިމުންނާއިއެކު އެކަމަނާ ވެސް ބައިވެރިވާނެ ކަމަށާއި މިދިޔަ އަހަރު ލޮކްޑައުންގެ ސަބަބުން އުނދަގޫތައް ކުރިމަތި ކަމަށާއި، އެމަކަކު މާތްﷲ އިރާދަކުރެއްވިޔާ މިއަހަރު ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށެވެ.
ކެރޯން ވަނީ ރަމަޟާން މަހު ރޯދަ ހިފުމާއި ގުރުއާން ކިޔެވުމުގައި އެކަމާއަށް އެހީއެއް ލިބިދާނެ ހިޔާލުތައް ދެއްވުމަށް ވެސް އާއްމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެފަދަ ހިޔާލުތަކަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ
އީރާނުން ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް އެމެރިކާއިން ބުނެފި
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ