މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި މިވަގުތު ތިބީ 922 މީހުން ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.
ސިޔާސީ މަގާމްތަކުގައި މިވަގުތު ތިބި ކަމަށް ރައީސް އޮފީހުން ބުނާ އަދަދުތައް
- ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
 - ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
 - ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
 - ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
 - ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
 - ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
 - ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
 - ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
 - ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
 - ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
 - އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
 - އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
 
މީގެކުރިން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ސިޔާސީ މަގާމްތަކުން ވަކި އަދަދަކަށް ބޭފުޅުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ އެކްސްގައި ނަންބަރުތަކެއް ހިއްސާކުރައްވާފަ އެވެ. ހީނާ އެ ވިދާޅުވި ވަކިކުރި މީހުންގެ ނަމާއި މަގާމް ހޯދަން "ހުރިހާ" އިން އާރްޓީއައި ހުށަހެޅުމުން ރައީސް އޮފީހުން ޖަވާބު ދީފައެއްނުވެ އެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ގިނަ ބަޔަކު ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައިތަކަށް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއްނުވެ އެވެ.
			މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
		
			ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
		
			އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!
		
								
								