ރޭ ހުޅުމާލޭގައި ހުންނަ އެންސިސް ފެކްޓްރީގައި ރޯވި އަލިފާން ނިއްވަން ހަރަކާތްތެރިވި 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ 3 ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ ފުލުހުންގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
ރޭގައި ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ އެންސިސް ފެކްޓްރީގެ ގުދަނުގައި ރޯވި އިރު އެތަނުގައި އެއްވެސް މީހަކު ނެތެވެ.
އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވިއިރު، އަލިފާންގަނޑު ބޮޑުވެ މުޅި ސަރަހައްދަށް އޭގެ ދުންގަނޑު ފެތުރުނެވެ.
އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!