އާސަންދައިގެ ސާވާ ޑައުންވެ ހިދުމަތް ހުއްޓިފައި ހުންނަތާ އެތައް ގަޑިއިރެއް ވެއްޖެ އެވެ.
އާސަންދައިގެ އޮފިޝަލަކު ވިދާޅުވީ އާސަންދައިގެ ސާވާ ޑައުންވީ އެ އޮފީހުން މިއަދު ހެނދުނު ކަރަންޓް ކެނޑުމުން ކަމަށެވެ.
ކަރަންޓް ކެނޑުނުފަހުން އެ އޮފީހުގެ އިންޓަނެޓް ވެސް ވަނީ ކެނޑިފަ އެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުން މިހާތަނަށް ހައްލުކުރެވިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެހެންވެ އާސަންދައިގެ ހިދުމަތް ވަނީ ހުއްޓިފަ އެވެ. ރައްޔިތުންނަށް ހިލޭ ބޭސް ލިބޭނެ ކަމާ މެދު ސުވާލު އުފެދިފައިވާއިރު، އާސަންދަ ކުންފުނިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެ ކުންފުނިން އުޅެނީ މިކަން ސިއްރުކޮށްގެނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އާސަންދައިގެ ހިދުމަތް ދޯދިޔާވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
ނިއާގްރާ ފޯލްސްއިން ވޯލްޑް ކަޕް: ތަފާތު ތަޖުރިބާއެއް!
އެއްބަސްވުމާ ހިލާފުވާތީ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
