ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 8:26 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވެފައިވާތީ ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ވަނީ ގެއްލިފަ އެވެ. ފުލުހުން ބެލެވެނީ ޑިންގީ އަޑިއަށް ދިޔަ ކަމަށެވެ. އެ ޑީންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައެއްނުވެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!
