ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ގެންނަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތާއީދުކޮށް ވާހަކަދައްކައިފި އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ނުރަސްމީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މާޒީގެ އަޅުންނަށް ވެގެން ތިބުމުގެ ބަދަލުގައި ނަޝީދާއި އެމަނިކުފާނާއެކު އެނބުރި ވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔަން ފެންނަ ކަމަށެވެ.
އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ މަރުހަބާ ވިދާޅުވެފައެވެ.
މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތައް އެ ޕާޓީއަށް ކާމިޔާބު ކުރުމަށް ވެސް މިއީ ރަނގަޅު ނިންމުމެއް ކަމަށެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކި އެއްވެސް މެންބަރަކު ނަޝީދާ ދެކޮޅަށް ވާހަކަދައްކާފައެއްނުވެ އެވެ. އެކަމަކު މާޒީގައި ހިނގި ކަންތައްތަކާ ގުޅިގެން ޕާޓީއަށް ގެއްލުންތަކެއް ލިބިފައިވާކަން ބައެއް މެންބަރުން ފާހަގަކޮށްފައިވެ އެވެ.
ޑިމޮކްރެޓްސްގެ މެންބަރުން އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކުރުމަށް އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ހުށަހެޅީ ނަޝީދުގެ އެންގެވުމަކަށެވެ.
ތިނަދޫ ވެމްކޯ މުވައްޒަފަކު ކުޅުދުއްފުއްޓަށް ބަދަލުކޮށްފި
ހެދުން އަލަމާރި ފަޅު ފިލުވާލަން "ކެޕްސޫލް ވޯޑްރޯބް"!
ކުއްޔަށް އުޅޭ ފަރާތަށް ނުދީ ގޭގެ ވެރިފަރާތުން ރޯދަ ހަދިޔާ ނަގަނީ
