މާގިނައިން ޕެކެޓު ކޮށްފައި ހުންނަ މޭވާ ޖޫހާއި ކޮފީ ބޯނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ފަހުގެ ދެ ދިރާސާއަކުން ދައްކައިފި އެވެ.
ދުވާލެއްގެ މައްޗަށް އެއްތަށި ޕެކެޓްކޮށްފައި ހުންނަ މޭވާ ޖޫސް ނުވަތަ ފިޒީ ބުއިން އަދި ހަތަރު ޖޯޑަށްވުރެ ގިނައިން ކޮފީ ބޯނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް ކަޅު ސަޔާ ގްރީންޓީ ބޯނަމަ މި ނުރައްކާ ކުޑަކޮށްދޭކަމަށްވެސް އެ ދިރާސާއިން ވަނީ ދައްކާފަ އެވެ.
އެ ދިރާސާގައި ބުނާގޮތުން ހަތަރު ތައްޓަށްވުރެ ގިނައިން ކޮފީ ބޯނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާއިރު، ކޮފީ މާގިނައިން ބޯނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު 37 އިންސައްތަ މަތިވެ އެވެ.
މީގެ އިތުރުން ކާބޮނޭޓަޑް ނުވަތަ ފިޒީ ބުއިންތައް ދުވާލަކު އެއްފަހަރު ބޭނުން ކުރުމުންވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު 22 އިންސައްތަ މަތިވާކަމަށް ބުނެފައިވެ އެވެ. ދުވާލަކު ދެ ފަހަރު ބޯނަމަ މި ނުރައްކާ ތިންގުނަ އިތުރަށް ބޮޑުވާކަމަށްވެސް އެ ދިރާސާގައި ބުނެ އެވެ.
މި ދިރާސާގައި ބުނެފައިވަނީ މޭވާ ޖޫސް ބުއިމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވަނީ މިހާރު ހުންނަ ބަންދުކުރި ޖޫސްތަކުގައި ކޮންސެންޓްރޭޓްސްއާއި ހަކުރު އަދި ޕްރިޒަވޭޓިވްސް އެކުލެވިފައިވުމުން ކަމަށެވެ. ނަމަވެސް ތާޒާ މޭވާއިން ގޭގައި ތައްޔާރުކުރާ ޖޫސް ބުއިމުން މިފަދަ ނުރައްކަލެއް ނެތްކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ސްޓްރޯކު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތް ތަށި ފެންބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ގިނައިން ފެން ބުއިމުން ލޭ ގަނޑުވުމުގެ ފުރުސަތު ކުޑަވެ އެވެ.
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި