އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 06:00ހާއިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް 08:28 ހާއިރު އެ ހޮސްޕިޓަލުން ރިޕޯޓުކޮށްފައި ވާކަމަށެވެ.
އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ އައްޑޫ ވެމްކޯގައި މަސައްކަތް ކުރާ 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަނީ އޭނާ މަރުވުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
ތާބޫއަށް ކައިވެންޏެއް ނުކުރެވުނީ އަޖޭގެ ސަބަބުން؟
ޣައްޒާގެ ހައްގުގައި ވާހަކަދައްކާ ތަރިން ބާކީ ކުރާތީ ފާޑު ކިޔައިފި
