ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދިލް ގައްޔޫމް ކުރިއަށް އޮތް ރަމަޟާން މަހު ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމް، ޕީއެންސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިއްޖެ އެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެންމެ ކުޑަ މިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.
"ރައީސް ސޯލިހު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންތައްތައް ބައްލަވާނެ ކަމަށް،" ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީނަށް އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން އެމެރިކާ ޑޮލަރުން ވެސް އެމަނިކުފާނު ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް އެމަނިކުފާނާ ދެކޮޅަށް ހެކިބަސްދިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
މުއިއްޒާއި ޝިޔާމް ހަދަނީ ދޮގު، އިހުތިޖާޖު ހުއްޓާނުލާނަން
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް ވަޑައިގެންފި
އުތުރު ކޮރެއާގައި ކުރުން މަނާ ކަންތައްތަކެއް!
