އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެއްގައި އެކަން ހާމަކުރައްވާފަ އެވެ.
އޮސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަންނަ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު، ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރަން ނިންމުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އެ އުޅަނދުގެ ސަބަބުން ރާއްޖޭގެ ބޮޑު އިގުތިސޯދީ ސަރަހައްދުގައި ހިނގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
އެ ބޯޓު ދިވެހި އަސްކަރިއްޔާއަށް ލިބޭނީ އަންނަ އަހަރު އެވެ.
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
