ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތް ކަމަށްވާ މިސް ވޯލްޑްގެ މިއަހަރުގެ މުބާރާތް ތައިލޭންޑްގެ ރީތީގެ ރާނީ އޯޕަލް ސުޗާތާ ޗުއާންގްސްރީ ކާމިޔާބު ކޮށްފި އެވެ.

އޯޕަލްއަށް މިއަހަރުގެ މިސް ވޯލްޑްގެ ތާޖު އަރުވާފައިވަނީ އެކަމަށްޓަކައި އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ހުށައަޅައިދިނީ 2016 ވަނަ އަހަރުގެ މިސް ވޯލްޑްގެ މިލްކުވެރިޔާ ސްޓެފަނީ ޑި ވޭލްއާއި އިންޑިއާގެ ޕްރެޒެންޓަރު ސަޗިން ކުމްބަރު އެވެ.

މިސް ވޯލްޑްގެ 72 ވަނަ މުބާރާތް އޯޕަލް ކާމިޔާބު ކޮށްފައިވާއިރު އޭނާއަށް ތާޖު އެރުވީ މިދިޔަ އަހަރު އެ ވަނަ ހޯދި ކްރިސްޓީނާ ޕީސްކޯވާ އެވެ.

މިސް ވޯލްޑްއަކީ ރީތިކަމުގެ އިތުރުން ވެސް މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ހުނަރާއި ގާބިލިއްޔަތުކަން އިންސާފު ކޮށްގެން އަރުވާ ލަގަބެކެވެ.

ފާއިތުވި އަހަރުތަކުގައި ހަ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މިސް ވޯލްޑް ހޯދާފަ އެވެ. އޭގެ ތެރޭގައި އައިޝްވާރްޔާ ރާއީ، ޕްރިޔަންކާ ޗޯޕްރާ އަދި މަނޫޝީ ޗިއްލަރު ހިމެނެ އެވެ.