ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އޮފާ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.
ބީއެމްއެލް ވިސާއާއި މާސްޓާކާޑްގެ އިތުރަށް، ސްޓޫޑެންޓް ކާޑު މެދުވެރިކޮށް ވެސް ލިބޭ ޑިސްކައުންޓްތައް އޮފާ ޕޯޓަލްގައި ހިމަނައިފައިވެ އެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން