މި ހަފްތާގައި "ހުރިހާ"ގެ 10 ސުވާލު މި އަމާޒުކޮށްލަނީ ފެޝަން ޑިޒައިނަރު ސަމާނާ ސަލީމް (ސަމާ މޮޑީސްޓް) އަށެވެ. ސަމާއަކީ ތަފާތު އިވެންޓުތަކަށް ހެދުން ފަހައިދޭ ކުޅަދާނަ ޑިޒަނަރެކެވެ. ސަމާގެ ޖަވާބުތަކުން އޭނާ ކިޔާދިނީ ކުރާހިތުން ކުރާ މަސައްކަތުގެ ފޮނިމީރުކަމުގެ ވާހަކަތަކެވެ.

1. ފެޝަން ޑިޒައިނިންގެ މަސައްކަތް ކުރަން ފެށީ ކޮން އިރަކު؟

ޖަވާބު: ފެޝަން ޑިސައިން ކުރަން ވަަރަށް ކުޑަ އިރުއްސުރެ، އަބަދުވެސް ސްކެޗް ފޮތެއް ގެންގުޅެން. މަންމައަކީ ފަހާ މީހެއް ވީމަ، މަންްމަ ކައިރިން އުމުރުން 9 އަހަރުގަ ފަހަން ފަށައިފިން.

2. ކޮންކަހަލަ ހެދުމެއް އާންމުކޮށް ފަހާ އުޅެނީ؟

ޖަވާބު: އެންމެ ގިނައިން ފަހަން ލިބެނީ އޮކޭޝަނަލް ހެދުން.

https://www.instagram.com/reel/DAqgDBitaMa/?igsh=Yzk0OHJ0eXZkZ2Z2

3. މި ދާއިރާގެ އެންމެ ބޮޑު އިންސްޕިރޭޝަންއަކީ ކޮބާ؟

ޖަވާބު: ފެޝަން އާ ސެލްފް އެކްސްޕްރެޝަންގެ ކަނެކްޝަނަކީ މި މަސައްކަތުގެ ފިއުލް ކަމަށް ދެކެނީ. އިޓްސް ވެން ކްލައިންޓް ފީލްސް ބިއުޓިފުލް އެންޑް އެމްޕަވާޑް ވެއާރިންގް ސަމްތިންގް އައި ހޭވް ކްރިއޭޓެޑް.

4. ފުލްޓައިމް ކޮށްތަ މި މަސައްކަތް ކުރަނީ؟

ޖަވާބު: ޔެސް. ފުލް ޓައިމްކޮށް

https://www.instagram.com/reel/C-Z6Zdcp1hq/?igsh=YjJ5NTYxZDVyODVj

5. މިހާތަނަށް ޑިޒައިން ކުރި އެންމެ ހާއްސަ ހެދުމަކީ ކޮބާ؟

ޖަވާބު: ސިސްޓާގެ ވެޑިންގް ޑްރެސް. އެއީ ޕްލީޓެޑް މޮޑެސްޓް ވެޑިން ޑްރެސްއެއް. ކޮންމެ ޕްލީޓެއް ވަކިން ނަގާފަ، އެމްބްރޮއިޑަރީ ފްލާވާ، ސެކުއިން އަދި ބީޑް މަސައްކަތް ކުރިން އެ ހެދުމުގަ. ވަރަށް ޓައިމް ނަގައިގެން ފެހި ވަރަށް ހާއްސަ ހެދުމެއް އެއީ.

6. ވަރަށް ޑެޑްލައިންތައް ގިނަ ވޯކެއް ދޯ މީ. ކިހިނެތް ޓައިމް މެނޭޖްކުރަނީ؟

ޖަވާބު: މީ ވަރަށް ޑެޑްލައިން ގިނަ މަސައްކަތެއް. ކޮންމެ ހެދުމަކަަށް ވެސް ވަކި ޓައިމް ފްރޭމެއް ބުކްކޮށްލައިގެން މަސައްކަތް ކުރަނީ. މި ގޮތަށް ޓައިމް މެނޭޖްކުރަން ވަރަށް ފަސޭހަ.

7. ކްލައިންޓްގެ ފީޑްބެކް ވަރަަށް މުހިއްމުތަ މި މަސައްކަތުގައި؟

ޖަވާބު: އެއީ އެންމެ މުހިއްުމު ކަންތައް. ހެޕީ ކްލައިންޓް ބްރިންގް މޯ ކްލައިންޓްސް. ގިނަވާނީ ކަސްޓަމާސް ރިކޮމެންޑް ކޮށްގެން އަންނަ ނިއު ކްލައިންޓްސް.

https://www.instagram.com/reel/DFsZmhyS8d_/?igsh=enhmM3F2bmdtdHdt

8. ސަމާގެ ޑްރީމް ކޮލާބޮރޭޝަންއަކީ ކޮބާ؟

ޖަވާބު: މައި ޑްރީމް ކޮލާބޮރޭޝަންއަކީ ރާއްޖެެގެ ކަންކޮޅުތަކުގެ އެހެން ޓެލެންޓެޑް އާޓިސްޓުންނާއެކީ އަމިއްލަ ފެބްރިކް ޑިޒައިންކުރުން.

9. މި މަސައްކަތް އެހެން މީހުންނަަށް ދަސްކޮށްދޭ ހިތްވޭތަ؟

ޖަވާބު: ވަރަށް ބޭނުންވާ ކަމެއް މީ އަސްލު ކުޑަކުދިންނަށް ފަހަން ދަސްކޮށްދޭން. އިންޝާﷲ ނިއާބައި ފިއުޗާއެއްގަ މިކަން ފައްޓާނަން.

10. މީ ވަރަށް ވަރަށް ބުރަ ފީލްޑްޑެކޭ ބުނާނަންތަަ؟

ޖަވާބު: ޔެސް މީ ވަރަށް ޓައިމް ނަގާ ބުރަ މަސައްކަތެއް. އެކަމަކު މީ އަޅުގަނޑުގެ ޕެޝަން. އައި ޓްރޫލީ އެންޖޯއި އެވްރީ ޕާޓް އޮފް އިޓް. ދަ ހާޑް ވޯކް ފީލްސް ރިވޯޑިންގް ވެންޔޫ ލަވް ވަޓް ޔޫ ޑޫ.