މަޝްހޫރު މޮޑެލް އަދި އިންޓަނެޓް ޕާސަނަލިޓީ ކިމް ކާޑޭޝަންގެ އިންސްޓަގްރާމް އެކައުންޓް، އޭނާގެ ނުވަ އަހަރުގެ ދަރިފުޅު ސެއިންޓް ވެސްޓް ހެކް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ބުދަ ދުވަހު ކިމްގެ އެކައުންޓުން އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަ ކުރެވިފައިވުމުން އެ އެކައުންޓް ހެކް ކޮށްފައިވަނީ ސެއިންޓް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އެ ދުވަހު ކިމްގެ އެކައުންޓަށް ޕޯސްޓްކުރި ފޮޓޯއެއްގައި ސެއިންޓްގެ ޔޫޓިއުބް ޗެނަލަށް ސަބްސްކްރައިބް ކުރަން ވަނީ އެދިފަ އެވެ.

އެހެން ކަމުން މިއީ ސެއިންޓްގެ ޗެނަލަށް ފޮލޯވަރުން އިތުރުކުރަން އޭނާ ކުރި ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ ޕޯސްޓް މިހާރު ވަނީ ޑިލީޓް ކުރެވިފަ އެވެ.

ބުދަ ދުވަހު އެ ޕޯސްޓް އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ފޮޓޯއަށް ކޮމެންޓް ކޮށް އެއީ ކިމްގެ ދޮށީ ދަރިފުޅު ސެއިންޓްގެ ކަމެއް ކަމަށް ބުނެފަ އެވެ.

ކިމް ކާޑޭޝަންގެ އިންސްޓަގްރާމް އެކައުންޓަކީ 357 މިލިއަން ފޮލޯވަރުން ހިމެނޭ އެކައުންޓަކަށް ވާއިރު ކިމްއަކީ އާއްމުކޮށް އޭނާގެ އަމިއްލަ ފޮޓޯތައް ހިއްސާކުރާ ފަންނާނެކެވެ.