ރާއްޖޭގެ ފަރާތުން އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ގ. ކަނޑުތޮޅިއާގެ، ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އައްޔަން ކުރަން މަޖިލީހުން ރުހުންދީފި އެވެ.
އަޒަރުބައިޖާނުގެ ސަފީރުކަމަށް އަބްދުއްރަހީމް އަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
ރިޕަބްލިކް އޮފް އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށް ޓަކައި އަބްދުއްރަހީމްގެ ނަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ކުރިން އަދާކުރެއްވި އަބްދުއްރަހީމް އަބްދުއް ލަތީފް މިވަގުތު ހުންނެވީ ތުރުކީވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.
ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ އެސެސްމެންޓް ހަދަނީ
ޝާހްރުކް ޚާންގެ "ދޭވްދާސް"ގައި ސަލްމާންގެ މަންޒަރެއް!
ގައުމީ ސަލާމަތަށް ނުރައްކާކުރި 466 މީހުން އީރާނުން ހައްޔަރުކޮށްފި