ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް އަރުވައިފި އެވެ.
މި ރަސްމިއްޔާޓު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ނިސްބަތްވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް އެރުވުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ، ސައުދީ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި، ރައްޔިތުންގެ އާއްމު ހާލަތު ކުރިއެރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ރައީސް އޮފީހުން އިތުރަށް ބުނި ގޮތުގައި ސައޫދީ ފަންޑުގެ ސީއީއޯ އަށް މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ގާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން އަދިވެސް ނުފެނޭ
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ