ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގައި ބާއްވާ "އީދު ބައިބަލާ ޗެލެންޖް"ގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހު 1ގައި ފެށި "އީދު ބައިބަލާ ޗެލެންޖު" މިމަހުގެ 6ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާނެ އެވެ. މި މުބާރާތަކީ ރާއްޖޭގެ ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން ބައިވެރިވެ ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.
ބައިބަލާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށްވެފައި، މި މުބާރާތަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލަމުންގެންދާ މުބާރާތެކެވެ.
ދިރާގަކީ، ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. މި ގޮތުން އެކި ފަރާތްތަކާ ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.
			މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
		
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!