މާލެ އާއި ވިލިމާލެ ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
މިދިޔަ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ފެށި ބްރިޖް މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއާ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަ ސްޓްރަކްޗަގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގައި މާލެއިން ގުޅީފަޅަށް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖު މަޝްރޫއަށް ޖީއެސްޓީ ނުހިމެނޭހެން މިހާތަނަށް 251 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ.
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން އަދިވެސް ނުފެނޭ
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
އިޒްރޭލްގެ ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދީފި