އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރަޢިސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވާފައި ހުންނަވައިގެން ކަމަށް ފިޔާޒް ވިދާޅުވެފައިވެ އެވެ.
އެ މައްސަލަ ފުލުހަށް ފިޔާޒް ހުށަހެޅުމުން ޑިއުޓީ ޕްރޮސެކިއުޝަނަށް އެ މައްސަލަ ފުލުހުން ފޮނުވުމުން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބިރު ދެއްކުން ނުވަތަ އިންޒާރެއް ކަމަށް ބެލެވޭ އިބާރާތެއް ރައީސް މުއިއްޒު ބޭނުން ކުރައްވާފައިވާ ކަމަށް ނުބެލެވޭތީ އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ގުޅުއްވައި ދެއްކެވި ވާހަކަފުޅަކީ "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ" ކަމަށް ވިދާޅުވެ ކަމަށްވާއިރު އެއީ އިންޒާރު ދިނުން ކަމަށް ނުބެލެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ނިންމައިފި
ކެކިކެކި އޮންނަ ފެންގަނޑުގެ ވާހަކަ އަޑު އެހިންތަ؟
މުއިއްޒާއި ޝިޔާމް ހަދަނީ ދޮގު، އިހުތިޖާޖު ހުއްޓާނުލާނަން