މައްކާގެ މަސްޖިދުލް ހަރަމްގައި ފުރަތަމަ ފަހަރަށް މިއަހަރު ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބަހުގެ ހިދުމަތް ތައާރަފް ކޮށްފި އެވެ.
ދެ ހަރަމާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާއިން ބުނެފައިވަނީ މި ބަަސްތަކަކީ ހަރަމްފުޅުގައި އަޅުކަންކުރާ މުސްލިމުންނަށް އިތުރު ލުއި ފަސޭހަތަކެއް ދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެކެވެ.
އަންހެނުންނަށް އެކަށީގެންވާ ގޮތަށް ފަރުމާ ކުރެވިފައިވާ އެ ބަސްތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާނީ ވެސް އަންހެން ޑްރައިވަރުން ކަމަށް ނޫސްތަކުން ބުނެ އެވެ.
މި ހިދުމަތަކީ މިސްކިތުގައި އެންމެ ބާރުބޮޑުވާ ވަގުތު ވެސް އެއްވެސް ދަތިކަމެއް ނެތި އުމްރާވެރިންނާއި ހައްޖުވެރިންނަށް ލިބޭނެ ހިދުމަތެކެވެ.
މިއީ ދެ ހަރަމްފުޅުގައި އަޅުކަމަށް އަންނަ ފަރާތްތަކަށް ލިބޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރަން ސައޫދީ އަރަބިއާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތައާރަފް ކުރި ކަމެކެވެ.
ރަމަޟާން މަހުގެ ފަހުދިހަ ފަށައިގެން ކުރިއަށް ދާއިރު މި މުއްދަތުގައި ހަރަމްފުޅަށް އަންނަ މީހުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި