މާލޭގައި ފިިރިހެނަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގައި ފިިރިހެނަކު 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ މިހާރު ބަލަމުން ގެންދާކަމަށް ވެސް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ އެ ހިދުމަތުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުއްޖާ އާ ގުޅުންހުރި މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި މި ފަދަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
ނަސްރުގެ ދުވަހު މައުމޫނަށް ހާއްސަ އައްޑަނައެއް އަރުވަނީ
ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ