އިޒްރޭލުގެ ދައުލަތުގެ ދީނީ ތަޢުލީމީ ނިޒާމުގައި ތައާރަފުކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމުން ޔަހުޔާ ސިންވާރު އަކީ ޓެރަރިސްޓެއް ކަމަށް ނުބުނުމުން ބޭނުންކުރުން ހުއްޓާލައިފި އެވެ.
ސިންވާރު އަކީ ފަލަސްތީނުގައި އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ހަމާސް ގުރޫޕްގެ ލީޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ޝަހީދުކޮށްލި ބޭފުޅެކެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިސްޓަމް ބޭނުންކުރުން ހުއްޓާލާފައިވަނީ އެ ސިސްޓަމް ބޭނުންކުރުމުގައި ދިމާވި މައްސަލަތަކާ ގުޅޭގޮތުން ލިބުނު ގިނަ ޝަކުވާތަކާއި ރިޕޯޓުތަކުގެ ސަބަބުންނެވެ.
އެ ސިސްޓަމްގައި އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދިން ޔަހުޔާ ސިންވާރަކީ ޓެރަރިސްޓެއްގެ ގޮތުގައި ބެލެވިދާނެތޯ ސުވާލު ކުރުމުން "އެއީ ސިޔާސީ ސިފައެއް އެކުލެވޭ ސުވާލެއް" ކަމަށް ބުނެ ޖަވާބުދިނުމަށް އިންކާރު ކުރާ ކަމަށް ވެސް މީޑިއާ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތުން މި ޖަވާބާއި ގުޅިގެން ސިސްޓަމް ބޭނުންކުރި ބެލެނިވެރިންނާއި ޓީޗަރުން ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެ އެވެ.
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން