އުމުރުން އަށް އަހަރު ވުމުން ރޯދަ ހިފަން އަހަރުމެންގެ ދީން ބާރު އަޅާއިރު މި އުމުރަކީ ކުޑަކުދިންގެ ތައުލީމީ ހަޔާތުގެ ވަރަށް މުހިއްމު މަރުހަލާއެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން ރޯދަ ހިފުމަކީ ދަރިވަރުންގެ ކިޔެވުމަށް ވެސް އެކި ގޮތްގޮތުން ފައިދާކުރާ ކަމެއްކަން މިވަނީ ހޯދިފަ އެވެ.
ނިދި ރަނގަޅުކޮށްދޭ
ކިޔަވާ ކުދިންނަށް އެންމެ މުހިއްމު އެއްޗަކީ ހަމަ ގައިމުވެސް ނިންޖެވެ. ރޯދަ ހިފުމަކީ ކުޑަ ކުދިންގެ "ސްލީޕް ސައިކަލް" ހަމައަކަށް އަޅުވައި ނިދި ރަނގަޅު ކޮށްދޭ ކަމެކެވެ.
ހަނދާން ގަދަކޮށްދޭ
ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ރޯދަ ހިފުމަކީ ސިކުނޑީގެ ސެލްތައް އިތުރުކޮށްދޭ ކަމެކެވެ. އެހެން ކަމުން ރޯދައަށް ހުރެ ދަސްކުރާ ފިލާވަޅުތައް ގިނަދުވަހު ހަނދާނުގައި ހުރެ އެވެ.
ކަންކަމަށް ދޭ ސަމާލުކަން އިތުރުކޮށްދޭ
ރޯދައަކީ ސިކުނޑީގެ ހޯމޯންތައް ހޭލައްވާލާ ކަމަކަށް ވާއިރު ރޯދައަށް ހުރެ ސްކޫލަށް ހާޒިރުވާ ނަމަ ކްލާހުގައި ކިޔަވައިދޭ އެއްޗެހި ނަގައިގަންނަން ފަސޭހަވާނެ އެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
"ޖޭމްސް ބޮންޑް"ގެ ރޯލުން އިޑްރިސްއެއް ނުފެންނާނެ!
ކޮފީ ބުއިމުން ހާސްކަން އިތުރުވަނީ ކީއްވެ؟