ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން ކަމުގެ މަޤާމުން އަޙްމަދު ނާޞިފް އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ޕީސީބީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގަ އެވެ.
ނާސިފް އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އޭގެ ކުރިން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންގެ މަގާމުގަ އެވެ. އޭނާއަކީ ކުރިން ވެސް އެޗްޑީސީގެ އިސް މަގާމެއް ފުރުއްވި ބޭފުޅެކެވެ. ރީޖަނަލް އެއާޕޯޓްސްގެ އިތުރުން ވެސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ އިސް މަގާމު ނާސިފް ވަނީ އަދާކުރައްވާފަ އެވެ.
އެޗްޑީސީގެ ޗެއާމަން ބަދަލު ކުރައްވާފައިވާ އިރު، ރޭގެ ވަގުތެއްގައި ވަނީ ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯގެ މަގާމަށް މީގެ ތިން މަސްކުރިން އައްޔަންކުރެއްވި ވިޓާލީ ލުބިމޯވް ވެސް މަގާމުން ވަކިކޮށްފަ އެވެ.
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ