ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަން އެހީތެރިވީ ސަރުކާރާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން މިއަދު އަޑުއެހުމެއް ތާވަލް ކޮށްފައި އޮއްވާ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ އެވެ.
އެނގިފައިވާ ގޮތުގައި އެ ތިން ބޭފުޅުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާކަމުގެ ލިޔުމެއް ފޮނުވައި ދިނުމަށް އެދި ޖޭއެސްސީގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުންތަކެއް އޭސީސީގެ މެމްބަރުންގެ ކިބައިން އެދުމުން އެފަދަ ލިޔުމެއް ޖޭއެސްސީއަށް ފޮނުވި އެވެ.
ނަމަވެސް އޭސީސީން ބަލަމުންދާ ކަމަށް ބުނާ މައްސަލަތަކަކީ މެމްބަރުންގެ ގޮނޑީގެ މައްސަލަ ހުށަހެޅުމުގެ ފަހުން އޭސީސީއަށް ބަޔަކު ހުށަހެޅި މައްސަލަތަކެއް ކަމަށް އެނގިފައިވެ އެވެ. އެ މައްސަލަތައް ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަޔާން ދިނުމަށް ބައެއް މުވައްޒަފުންނާއި ދަށު ކޯޓުގެ ފަނޑިޔާރުންނަށް އަންގަމުން ދަނިކޮށެވެ.
އޭސީސީން ކުއްލި ގޮތަކަށް އެފަދަ ލިޔުންތަކެއް ޖޭއެސްސީއަށް ފޮނުވީ އެ ބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާނެ ކަމުގެ އިޝާރާތެއް ދީފައި ވަނިކޮށް ކަމަށްވެ އެވެ. އޭސީސީގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހިގެން ސަރުކާރުގެ މެމްބަރުން މަޖިލީހުގައި ކުރިން ފާޑު ވިދާޅުވެފައިވެ އެވެ.
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ