ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑްުކޮށްފި އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.
ޖޭއެސްސީގައި މިވަގުތު ކުރިއަށްދާ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ.
ކުއްލި ގޮތަކަށް ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ގޮތެއް ނިންމުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.
އޭގެ ކުރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ފާސްކޮށްފަ އެވެ.
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟