މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ގެނެސްދޭ "ދަ ކަޕިލް ޝަރްމާ ޝޯ" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެކެވެ.
މިއަހަރު ކުރީކޮޅުގައި ކަޕިލް ޕެޓާނިޓީ ޗުއްޓިއަށް ދިއުމުން އެ ޝޯ ވަނީ މެދުކަނޑާލާފަ އެވެ.
ކަޕިލް އެނބުރި އައިސް އާ ސީޒަނަކަށް ތައްޔާރުވަމުން ދާއިރު މި ފަހަރު އެ ޝޯއިން އާ ފަންނާނުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކަޕިލް ބުނި ގޮތުގައި މި ފަހަރު އެ ޓީމްގެ ލިޔުންތެރިންނާއި އެކްޓަރުންގެ ތެރެއިން ވެސް އާ މޫނުތައް ފެންނާނެ އެވެ.
ކަޕިލް ޝަރްމާ ޝޯގެ މި ފަހަރުގެ ސީޒަން ކޯ ޕްރޮޑިއުސް ކުރަނީ ސަލްމާން ހާން ޓެލެވިޜަން އާއި ބަނިޖޭ އޭޝިއާ އިންނެވެ.
މީގެ އިތުރުން ކަޕިލް ދަނީ އޭނާގެ ނެޓްފްލިކްސް ޝޯއަށް ވެސް ތައްޔާރުވަމުންނެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުން ފަސްކޮށްފި
ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގެންފި
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި

ތަފްސީލަށް އަކުރުތައް ބޮޑުކަމުންކިޔަންވެސް އުނދަގޫވޭ