ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފި އެވެ.
ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރާތުން މިއަދު އެދިފައިވަނީ އެ މައްސަލަ ނިމެންދެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ބަލައިގަތުމަށް މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި ޕީއެންސީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ވަނީ އަންގައިފަ އެވެ.
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން
ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް
އަލްޖީރިއާ ބަލިކޮށް ސްވިޓްޒަލެންޑް ދެވަނަ ބުރަށް
