މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހާލުދެރަވެ ކުޅުދުއްފުށީ ރީޖަަނަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ އެ ރަށު މަލިކުރުވާގެ، އުމުރުން 64 އަހަރުގެ އަޙްމަދު އިބްރާހިމް އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ކުޑަ ދަރިފުޅާއެކު ވަދާ ނުކުމެ އުޅެނިކޮށް އަހްމަދު އިބްރާހިމްގެ ހާލު ގޯސްވީ މިއަދު ހަވީރު ކަމަށެވެ.
އަހްމަދު އިބްރާހިމް ނިޔާވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ހަވީރު 4:42 ހާއިރު އެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
ތެލުގެ އަގު ބޮޑުކުރަން ސަރުކާރުން ނުވިސްނަން: ޒަމީރު
