ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ގެއްލިއްޖެ އެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ 575 ވަރަކަށް ސިނގިރޭޓް ކޭސް ގެއްލިފައި ވަނީ މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުއްޓައި ކަމަށެވެ.
ގެއްލުނު ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީ ހިމެނޭގޮތަށް ދައުލަތަށް ދައްކަންޖެހޭ އެކި ފީތަކުގެ އަދަދު ޖުމްލަ 47 މިލިއަން ރުފިޔާއަށް އަރަ އެވެ.
"މި މައުލޫމާތު މީޑިއާއަށް ހާމަނުކޮށް ބާއްވަން މިވަގުތަށް އޮތީ ދަންނަވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެތަކެތި ގެއްލިފައި ވަނީ ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުންނެވެ. ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ އަށް ރުފިޔާ އަށް ބޮޑުކުރަން ފާސްކުރި ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު 1، ގަ އެވެ.
ކަސްޓަމްސް އާއި ފުލުހުން ވަނީ މިކަން ސިއްރުކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން އެ ދެ އިދާރާގެ ރަސްމީ ބަހެއް ލިބިފައެއްނުވެ އެވެ.
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
								
								