މިއަދު ރާއްޖެއިން ދިވެހީންނާއި ބިދޭސީން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެއްވަރަކަށް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވީ 37 ދިވެހީންނާއި 37 ބިދޭސީން ކަމަށެވެ. ޖުމްލަ 74 މީހުންނެވެ.
އެ ނަތީޖާ އައީ 1247 ސާމްޕަލް ޓެސްޓްކޮށްގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި 74 މީހުންގެ ތެރެއިން 70 މީހުން ތިބީ މާލެ ސަރަހައްދުގައެވެ. ބާކީ ހަތަރު މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މިއަދު ބަލިން ރަނގަޅުވެފައިވަނީ 44 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ، 9568 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 1452 މީހުނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
