މައިބަދައަށް އަނިޔާވެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރަށް އަނިޔާ ލިބިވަޑައިގެންފައިވަނީ ބ. ފުޅަދޫގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނިކޮށެވެ.
ރޭގެ ވަގުތެއްގައި އެމެޖެންސީގައި މާލެ ގެނެސް އުއްތަމަ ފަނޑިޔާރަށް ފަރުވާދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިވަގުތު ސުޕްރީމް ކޯޓު އޮތީ ރިސެސްގަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސިނގިރެޓުން ޑިއުޓީ ކަނޑާލާ ގާނޫނަށް އަމަލުކުރަން ފަށައިފި
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި