އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު އާޝާން ހަމަޖައްސައިފި އެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެއީ ރާއްޖޭގައި ތެޔޮވިކުއްމުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ކުންފުންޏެކެވެ. މިއީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ ކުންފުންޏެއްގެ އެމްޑީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދުން ފެށިގެން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާޝާން އައްޔަންކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ފާތިމަތު އާޝާން ވަނީ އެސްޓީއޯގެ ބައެއް އިސް މަގާމުތައް އަދާކުރައްވާފަ އެވެ. އެގޮތުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގެ އިތުރުން މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި އެވެ.
އެފްއެސްއެމަށް އައު މެނޭޖިން ޑިރެކްޓަރަކު އައްޔަނުކޮށްފައިމިވަނީ ކުރިން އެމަގާމުގައި ހުންނެވި އިސްމާއީލް ސުހައިލް މަގާމުން އިސްތިއުފާ ދިނުމުންނެވެ.
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
ކަންކަން ލަސްވަނީ އިގްތިސާދީގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން
ނިކޯލްއަށް އޭނާގެ މަންމަ ދިން އެންމެ ފަހުގެ ނަސޭހަތަކީ މިއީ!