މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރކަމުގެ މަގާމުން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ސަސްޕެންޑްކުރި ކުރުން އުވާލައިފި އެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރެއްކަމުގެ މަގާމުން ޑރ. އިޔާޒް ސަސްޕެންޑްކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އެމްއެންޔޫ އިން މިއަދު ވަނީ ސަސްޕެންޝަން އުވާލިކަން ޑރ. އިޔާޒަށް އަންގާފަ އެވެ.
ޑރ. އިޔާޒް ސަސްޕެންޑު ކުރީ އޭނާ ކުރެއްވި ޓްވީޓްތަކަކާ ގުޅިގެންނެވެ. އެކަމާ ގުޅޭގޮތުން ޑރ. އިޔާޒު ވިދާޅުވީ އެކި ކަންކަމުގައި ދީނީގޮތުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްދިނުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ކިތަންމެ ފިޔަވަޅެއް އެޅިޔަސް ހައްގުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ޑރ. އިޔާޒުގެ ޓުވީޓްތަކަކީ ސިޔާސީ ޓުވީޓްތަކެއްކަމަށާއި އަދި އޭގެ ސަބަބުން ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަކަމަށް ބުނެ މިދިޔަ އަހަރުވެސް ޑރ. އިޔާޒަށް އެމްއެންޔޫއިން ވަނީ އިންޒާރު ދީފަ އެވެ.
ޑރ. އިޔާޒް ވިދާޅުވީ އެއީ ޔުނިވާސިޓީ ހިންގުމުގައި ތިއްބެވި އެމްޑީޕީ އެކްޓިވިސްޓުން ކުރާކަމެއް ކަމަށެވެ.
ދާދި ފަހުން ޑރ. އިޔާޒް ވަނީ ނަމާދުކުރާއިތު ގައިދުރުކަން ބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުހައްދަވައި ޓްވީޓްކުރައްވާފަ އެވެ. ޑރ. އިޔާޒު ގެންދަވަނީ އާންމުންގެ ދިރިއުޅުމުގެ އެހެން އެންމެހާ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވިފައި އޮއްވައި ހަމައެކަނި މިސްކިތްތަކުގައި މިފަދަ ފިޔަވަޅު އަޅާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މީގެ ސަަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ޑރ. އިޔާޒަށް ވަނީ އަމާޒުވެފަ އެވެ.
ޑރ. އިޔާޒަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސެވެ.
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!

ޑރ .އިޔާޒް ކިޔަވައި ވިދާޅުވީ ކިތައް އަހަރުންތޯ؟