އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލްކުރައްވާ ދެ މެމްބަރުން މަގާމުން ވަކިކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުގެ މަގާމުން ވަކިކޮށްފައިވަނީ މަޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު އަލީ އާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރިކަން އެމްއެމްއޭގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް އެ ދެ ބޭފުޅުން ވަކިކުރަން ނިންމި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.
މީޑިއާތަކަށް މިކަން ކަށަވަރުކޮށްދިން އެމްއެމްއޭގެ އޮފިޝަލް ވިދާޅުވީ މިއީ ބޯޑަށް ދޭތެރެއަކުން ގެންނަ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ޕޯސްޓަކާ ގުޅިގެން މުއިއްޒުއާއެކު ތިބިކަމަށް ބުނަން އަންގަނީ
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ