ރާއްޖެއިން ގަތަރަށް ނޮން ރެޒިޑެންޓް ސަފީރެއް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި ކަމަށް ފޮރިން މިނިސްޓަރު އަބް ދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ.
ރައީސްގެ މިނިންމެވުން ގަތަރުން ބަލައިގެންފައިވާ ކަމަށް ވެސް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި މިނިންމެވުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖެއިން ގަތަރަށް ނޮން ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ރައީސް ސޯލިހު ނިންމެވިކަން މިނިސްޓަރު ޝާހިދު އިއުލާންކުރެއްވީ ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިދަތުރުގައި އެ މަނިކުފާނުވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދުއާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.
ފަހުވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް
ސުވާލާއި ޖަވާބު: ރޯދަތައް ގަޟާ ނުކޮށް ހަ ރޯދަ ހިފޭނެތަ؟
ފާރިގެ ނަޒަރުގައި ޤަޠަރުގައި ރެސިޑެންޓް ސަފީރެއް ހުންނަންޖެހޭނެ!