އިއްޔެ ހުޅުމާލެ ފަޅު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ މ. މަޑުއްވަރީއަށް ނިސްބަތްވާ މަސްވެރިއެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 36 އަހަރުގެ އިބްރާހިމް ޖިނާހު މުހައްމަދު ކަމަށެވެ.
އޭނާއަކީ ކަންނެލި މަސްވެރިކަމުގައި، ދޯންޏެއްގައި އުޅޭ މީހެއްކަން ވަނީ އެނގިފަ އެވެ.
ފުލުހުންގެ ތަހުގީގަށް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އިބްރާހިމް ގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރޭގައި، ފެން މަތީގައި އޮއްވައި އިއްޔެ ހަވީރު އެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުގައި އަނިޔާވެފައި އޮތް މީހަކު މިދިޔަ ހަފްތާގައި ވަނީ ފެނިފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ވަނީ މަރުވެފަ އެވެ.
			އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!