ވައްކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ސުހައިލް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާ ދެއްވައިފައިވާ މިވަނީ އޭނާ އެ މަގާމުން ވަކި ކުރަން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމަށް ސުހައިލް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 5 ގަ އެވެ.
ދާދިފަހުން ވަނީ ސުހައިލްގެ މައްޗަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އެފްއެސްއެމް އިން ވިއްކާ ތެލުން އޭނާއަށް ވަކިވަރަކަށް ފައިސާ ލިބޭކަމަށް އެތަނުގެ ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ.
އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. މިއީ ތެޔޮ ވިއްކުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ކުންފުންޏެެވެ.
ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
ތެލުން ބައި އަޅަނީ ޗީފް އޮފް ސްޓާފް ފަޔާޒު އަށް ފިލާހުރެ ހުރިހާ ގޯހެއް ހަދާ މީހަކީ އެއީ
ވާވަރަށް ކެވުނީމަ އިސްތިއުފާ ދެއްވީ ދޯ