މޯލްޑިވިއަނުން އިނގިރޭސިވިލާތާއި، އިޓަލީ އަދި ޖަރުމަނަށް ދަތުރުތައް ފަށަން ޕެސެންޖާ ސޭލްސް އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން ބުނީ މި ތިން ގައުމުގައި މޯލްޑިވިއަންގެ އެޖެންޓުންނަށްވުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެސް އެ ގައުމުތަކަށް ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ ރާއްޖެ ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު އަންނަ މަހުގެ ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވިއަނުން ގެންނަނީ 268 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓެކެވެ.
މޯލްޑިވިއަނުން މިހާރު ބައިނަލްއަގުވާމީ ދަތުރުތައް ކުރަނީ އިންޑިއާގެ ތިން ސިޓީއަކަށާއި ބަންގްލަދޭޝްގެ ޑާކާއަށެވެ.
ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖްރިބާ ހިއްސާ ކޮށްފި
ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދެވެއްސެއްގެ ހާލު ވެސް ސީރިއަސް