ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑް ލީޑިން ޓުއަރިޒަމް ޑެސްޓިނޭޝަން" އެވޯޑް ފަސްވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.
މިފަހަރުގެ އެވޯޑް ރާއްޖެއިން ހޯދީ 18 ގައުމަކާ ވާދަކޮށްގެންނެވެ.
ޕޯޗުގަލްގެ މަދީރާގައި ބޭއްވި މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިން ޓުއަރިޒަމް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ހާސިލުކޮށްފައިވާއިރު، 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ދުނިޔޭގެ މަޤްބޫލް މަންޒިލްތަކާއި ވާދަކޮށް މި އެވޯޑް ހާސިލުކުރަމުންނެވެ.
މީގެ އިތުރުން މިއަހަރު ރާއްޖެއިން ވަނީ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލް ނުވަތަ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑްވެސް ހާސިލުކޮށްފަ އެވެ.
މިއީ މި އެވޯޑް ރާއްޖެއިން ހާސިލުކުރި ފުރަތަމަ ފަހަރެވެ. މި ދެ އެވޯޑްގެ އިތުރުންވެސް ރާއްޖެއިން ވަނީ ގިނަ އެވޯޑްތަކެއް މި އަހަރުވެސް ހޯދާފަ އެވެ.
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
އަދިވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް