އަޒުރުބައިޖާންގެ ވެރިރަށް ބަކޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
އަޒުރުބައިޖާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް ވީއައިއޭއަށް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:45 ގަ އެވެ.
މި ފްލައިޓަށް މަރުހަބާ ކިޔުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފްގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ އެ އާ މަންޒިލްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒުރުބައިޖާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިފައިވާ ކަމަށެވެ.
އަޒުރުބައިޖާން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޖަމީލް މަނިޒާޑޭ ވިދާޅުވީ މިންޓާ ސީޒަންގައި ރާއްޖެ ފަދަ މަގްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒުރުބައިޖާންގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.
ބަކޫ އާއި ވީއައިއޭއާ ދެމެދު އަޒުރުބައިޖާން އެއާލައިންސް އިން ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ވަނީ ނިންމާފަ އެވެ.
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ގޭހަށް ޖެހި، އިންޑިއާގެ ގިނަ ބަޔަކު ވަޒީފާތައް ދޫކޮށް ގެއަށް!
