އިސްތަށިގަނޑުގައި ކުލަ ޖައްސަން ވިސްނާއިރު އެންމެ ފުރަތަމަ ކުރެވޭ ސުވާލަކީ ޖައްސާނީ ކޮން ކުލައެއްތޯ އެވެ. އެންމެ ފަހުގެ ސްޓައިލްތަކާއި ޓްރެންޑްތައް ސިުނޑީގައި އެނބުރޭއިރު ޖައްސާނެ ކުލައެއް ނިންމުމަކީ އުނދަގުލަކަށް އޮންނަނީ ވެފަ އެވެ. އިސްތަށިގަނޑުގައި ޖައްސާނެ ކުލައެއް ނިންމާއިރު އެންމެ މުހިއްމީ ހަންގަނޑާ ގުޅޭ ކުލައެއް ޚިޔާރު ކުރުމެވެ.
ކޮޕާ ކުލަ
ރަތް ކުލަޔަކީ އިސްތަށިގަނޑުގައި ޖައްސަން ނިކަން ގިނަ މީހުން ގަޔާވާ ކުލަ އެކެވެ. ރަތް ކުލައިގެ ޝޭޑަކަށް ދާނަމަ ކޮޕާ ރެެޑް ޝޭޑަށް އިސްކަން ދޭށެވެ. ހަމުގެ ކުލަ އަނދިރި ނަމަ ދިއްލިފައި ހުންނަ ޝޭޑެއްގެ ރަތަކަށް ވުރެއް ބޮޑަށް ކޮޕާ ކުލައެއް ޖެއްސުމުން މާ ރީތިކަމަށް ދައްކާނެ އެވެ.
ކެރެމަލް ބްރައުން
މިއީ ދެތިން އަހަރު ޒުވާން ކޮށްލައިދޭ ޖާދުވީ ކުލައެއްގެ ގޮތުގައި ހެއާސްޓައިލިސްޓުން ފާހަގަކުރާ ކުލަ އެކެވެ. ހާއްސަކޮށް އަހަރުމެން ދިވެހިންގެ މި ހުންނަ ހަމުގެ މުށި ކުލަޔާ އެންމެ ގުޅޭ އެއް ކުލަ އެވެ.
އައިސީ ބްލޮންޑް
އައިސީ ބްލޮންޑްގެ ޝޭޑްތަކަކީ ހަމުގެ ކުލަ ގަދަ މީހުންނާ ވަރަށް ގުޅޭނެ ކުލަ އެކެވެ. މިއީ އެމެރިކާގެ ހޮލީވުޑް ތަރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ކުލަ އެކެވެ.
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
މޯލްޑިވް ގޭހުން ވިއްކާ ބޮޑެތި ގޭސް ފުޅިތަކުގެ އަގު ބޮޑުކޮށްފި
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި