ކ. ގުޅިފަޅު ކައިރިން ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 12 މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 19:34 ހާއިރު ކަމަށެވެ.
އެކްސިޑެންޓުވެފައި ވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓްގެ ލޯންޗަކާއި ފެރިދޫ ޓުއާސްގެ ލޯންޗެކެވެ.
މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވެ އެވެ. އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އާދައިގެ ކަންކަމުން ބޮޑު ބަދަލަކަށް!
ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ވާހަކަދައްކާއިރު ސަމާލުވާންޖެހޭ
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
