އައްޑޫ ސިޓީ މަރަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެގޭ ގޯތިތެރޭގައި ހުރި އޭސީތަކެއްގައި ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 17:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ނިއްވާލެވުނީ ހަވީރު 17:45 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މާފުށީ ބޭރުގައި އޮންނަ ސަފާރީ ތޮށި މައްޗަށް އުރި ފުނޑުފުނޑުވެއްޖެ
ރާއްޖޭން ޑޮލަރު ހުސްވެއްޖެ: ރައީސް ނަޝީދު
ޓޮލީވުޑްގެ އެކްޓަރުންނަށް އަނިޔާވާ މިންވަރު އިތުރުވަނީ!