އިކޮނޮމިކް ކައުންސިލާ ގުޅޭ މައުލޫމާތުތައް ހާމަކޮށްފިނަމަ ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމަށް ހުރަސްއެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިފަދައިން ބުނީ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުންތަކާއި މަޝްވަރާ ކުރެވިފައިވާ ކަންކަމުގެ މައުލޫމާތު ހޯދަން ހުރިހާ އިން ހުށަހެޅި އާރްޓީއައިއަށް ދިން ޖަވާބުގަ އެވެ.
އެ މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދައި ރައީސް އޮފީހުން އެދުނީ ހޯދަން ބޭނުންވާ ވަކި ކަމެއްގެ ތަފްސީލާއެކު މައުލޫމާތު ހޯދަން އެދުމަށެވެ. ނަމަވެސް އެ ކައުންސިލުން ނިންމީ ކޮންކަމެއްތޯ އަދި މަޝްވަރާކުރެވިފައި ވަނީ ކޮންކަމެއްތޯ ނޭނގި ސީދާ ވަކިކަމެއްގެ މައުލޫމާތު ހޯދަން އެދި ހުށަހެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމީ ހަމަބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމެކެވެ.
މި ސަރުކާރުން ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަނީ މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ބަހާއި އަމަލު ދިމާނުވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
