މިއަދުގެ ވަގުތެއްގައި ފުލުހުން ގެއްލިގެން ހޯދަން އިއުލާންކުރި ހއ. ހޯރަފުށި، ހީރާ، މުޙައްމަދު ސާއިފް ފެނިއްޖެ އެވެ.
ފުުލުހުން ބުނީ ސާއިފް މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ހާމަކޮށްފައިނުވެ އެވެ.
ފުލުހުން ސާއިފް ގެއްލިގެން ކުރި އިއުލާނުގައި ބުނީ، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން ކަމަށެވެ. އަދި އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިފަކީ ގިނަ ކްލަބުތަކަކަށް ވެސް ކުޅެފައިވާ ފުޓުބޯޅަ ކުޅުންތެރިއެެކެވެ.
މާފުށީ ބޭރުގައި އޮންނަ ސަފާރީ ތޮށި މައްޗަށް އުރި ފުނޑުފުނޑުވެއްޖެ
ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގްތަކެއް އަތުލައިގެންފި
"ޖުމާންޖީ: އޯޕަން ވޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި