އަމިއްލަ ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ.
ފުލުހުންނަށް އިއްޔެ ކުރި ރިޕޯޓަކާ ގުޅިގެން ދެ އަންހެން ދަރިންނާއި އާއިލާގެ އެހެން ކުއްޖަކަށް ޖިއްސީ ގޯނާކުރި މައްސަލައިގަ އެމީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން އަނިޔާގެ ޝިކާރައަކަށްވި ކުދިންގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ބަލަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގަ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
މާ ގިނައިރު އޭސީގައި އުޅޭނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ!