އއ. ރަސްދޫ މަގުތަކުގައި ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ރިޕޯޓްކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަސްދޫ މަގުތަކާއި ބީޗްގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރަސްދޫ މަގުތަކާއި ބީޗްގައި ބަރަހަނާ ފިލްމު ކުޅެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އަދި އެ ބަރަހަނާ ފިލްމުގެ ބައެއް މަންޒަރުތަކުގެ ފޮޓޯތައް ވެސް އާންމުކޮށްފައިވެ އެވެ. އާންމުކޮށްފައި ވަނީ ބަރަހަނާ ހާލުގައި ތިބޭ މަންޒަރެއް ނޫނެވެ.
މީގެކުރިން ވެސް ބޭރުގެ ބަޔަކު ރާއްޖޭގައި ބަރަހަނާ ފިލްމެއް ކުޅުނު މައްސަލައެއް ފެންމަތިވި އެވެ.
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
