ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ރޭ ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާއަށް އަނިޔާވެ ހާލު ސީރިއަސް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގަ އެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 12:53 ގައި ކަމަށެވެ.
އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ގޮސް ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ކާރެއްގައި ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް ޝަރީފް
މިސްރަށް ހަމަލާ ދިނީ އިޒްރޭލުން ކަމަށް އީރާނުން ބުނެފި
ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ